ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

މާލެއަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ވަށާޖެހޭ ސިޔާސަތެއްކަމަށާއި، އެ ސިޔާސަތުގެ ތެރެއިން މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަަތް ސަރުކާރުން ބާރު ދުވެލީގައި ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވީ މީގެ ކުރިން ސަރުކާރުތަކުގެ ސިއްހީ ސިޔާސަތުގައި ބަލިތަކުން ރައްކާތެރިކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައި ނެތް ކަމަށެވެ. އެއިރު ސިޔާސަތުތައް އޮތީ ބަލިޖެހުމަށް ހުށަހެޅުމަށް ޖާގަ ހުޅުވައިލެވިފައި އޮންނަ ގޮތަށް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

“އެނާޖީ ޑްރިންކްވެސް މިގައުމުގައި ވަރަށް ބޮޑަށް އޮންނާނެ. ޝުގަރީ ޑްރިންކްސް ބައިވަރު އޮންނާނެ. އެކި ކަހަލަ ލައިފްސްޓައިލް ބަލިތަކަށް މަގުފަހިވާ ގޮތަށް މި މުޖުތަމައުގައި ހުރިހާ ކަމެއް ހުރީ. ދެން ބަލިޖެހުނީމާ ބޭރަށް ދާން އާސަންދައިންނާއި އެހެން ގޮތްގޮތުން އެހީ ހޯދަން ވަރަށް ހާލުގައި ދިވެހިން އުޅެން ޖައްސާފައި އޮތީ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިތަކުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަން މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ވޭޕް މަނާކޮށް ސިގިރެޓުން ދުރުވުމަށް ބާރުއަޅައި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަލިތަކުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ އިތުރަށް ބަލިޖެހުމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންނުޖެހޭ މިންވަރަށް ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ފެންވަރު ރަނގަޅު ހޮސްޕިޓާތައް އަޅައި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއިން ގިނަ މަސައްކަތްތަކެއް ފެށިފައިވާއިރު، އެންމެ މުހިއްމު އެއް މަސައްކަތަކީ ހޮސްޕިޓާތައް ބިނާކުރުމާއި ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އެއީ ސަރަހައްދީ ތަރައްގީއަށް އަމާޒު ހިފައިގެން މާލެއަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ އުތުރާއި ދެކުނުން އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

“އެތައް މަޝްރޫއެއް ފެށިގެންގޮސްފައިވަނީ މިދެންނެވިހެން ކިއުރޭޓިވް ހެލްތުކެއާ އެންމެ މަތީ ފެންވަރަށް ގެންދިއުމަށްޓަކަައި ނިޒާމެއް ގާއިމުކުރުން. އެ މަސައްކަތުގެ ތެރެއިން އަންނަ އަހަރު ނިމޭއިރު އެންމެ ކުޑަ ރަށުގައިވެސް އެ ރަށުގެ އާބާދީއާ އެކަށޭނެ ލެބޯޓަރީއެއް ގާއިމުކުރެވިފައި ހުންނާނެ،” ރައީސް ވިދާޅުވިއެވެ.

“ކޮންމެ ރަށެއްގައި އަޕްގްރޭޑުކުރެވިފައި، މުވައްޒަފުން ހަމަކުރެވިފައި ހުރި ސިއްހީ މަރުކަޒެއް ހުންނާނެ އަންނަ އަހަރު ނިމެންވާއިރަށް. އިރާދަކުރެއްވިއްޔާ އެކަންވެސް އަންނަ އަހަރު ނިމުމުގެ ކުރިން ހާސިލުވާނެ،”

ސިއްހީ މަރުކަޒުތައް އަދާހަމަކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަަތް ހަވާލުކުރެވި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މަޝްރޫއު ހިންގަނީ ކޮންމެ ރަށެއްގެ އާބާދީއަށް ބަލައި އެ ރަށެއްގެ މުސްތަގުބަލަށް ސިއްހީ ހިދުމަތް ބޭނުންވާ މިންވަރަށް ރިއާޔަތްކުރެވިގެން ކަމަށެވެ.

ސިއްހީ ދާއިރާއާ ގުޅިގެން އައި އެންމެ ބޮޑު އެންމެ ކަންބޮޑުވުމަކީ މުވައްޒަފުން ނެތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުތައް އަޅައިދީ އެތަންތަނަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދީ މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ސީޓީ ސްކޭނުގެ ހިދުމަތަކީ ތަދުކޮށް އޮތް ހިދުމަތެއް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް  ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި އެ ހިދުމަތް ގާއިމުކުރެވި، ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރްއައި ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި ޑިކޯ ޗެމްބަރުތައްވެސް ބަހައްޓައި ނިންމައިލެވޭނެ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރަށް ދިވެހިން ތަމްރީނުވެ ނިމެންދެން ރާއްޖޭގެ ހުރިހާ ރަށަށް ބޭނުންވާ ޑޮކްޓަރުން ބޭރުން ހޯދައި ސްޕެޝަލިސްޓުން ރަށްރަށުގައި ބައިތިއްބާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

ތިން ކޮޓަރީގެ ފުލެޓުތައް 10،000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ: ރައީސް

ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ ވެސް ފައުންޑޭޝަނަކީ އިސްލާމްދީން: ރައީސް

ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ

TTH_advertisement