ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފިއެވެ.
އޮކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިލަދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭ އަކަށް ކަމަށެވެ.
ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާޢްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫޢަކީ އިންވެސްޓަރުންނަށް ރާއްޖެއަށް އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށެވެ.
Google’s decision to invest in the Maldives is a strong signal of global confidence in our stable, transparent, and investor-friendly environment. This landmark project drives forward my vision for a diversified, inclusive, and digitally empowered Maldivian economy, positioning…
— Dr Mohamed Muizzu (@MMuizzu) November 17, 2025
މިއީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސް އާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
ކިޔުންތެރިންގެ ހިޔާލު