ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ސާބިތުވެ މަރުގެ އަދަބު ހުކުމްކޮށްފިއެވެ. ޑާކާގެ ކޯޓުން މި ހުކުމް އިއްވީ ހަސީނާގެ ޢައިރުހާޒިރުގައި ކުރިއަށްދިޔަ ޝަރީއަތުގައެވެ.
މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ބާރުގަދަކޮށް ހުއްޓުވުމުގައި ހަސީނާ ވަނީ މައިގަނޑު ދައުރެއް އަދާކުރައްވާފައެވެ. އެ ހަމަނުޖެހުންތަކުގައި 1،400 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާރު އިންޑިއާގައި ހުންނެވި ހަސީނާ ވަނީ ކޯޓުގެ ނިންމުން ތަންކޮޅެއްވެސް ގަބޫލެއް ނުކުރައްވާ ކަމަށް ނެރުއްވި ބަޔާނުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ގޮތުން ނިންމާފައިވާ ހުކުމެއް ކަމަށާ، އަވާމީ ޕާޓީ ނައްތާލުމަށް ވަގުތީ ސަރުކާރުން ބޭނުންކުރާ އުކުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު