ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސޭހައިން ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރަނީ

ގިނަ ދާއިރާތަކަކުން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޯނު ލިބޭ އެމްއެމްއޭ ގެރެންޓީ ސްކީމް އަލުން ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަޖެޓު ކޮމިޓީގައި މަޖިލިސް މެންބަރަކު ވަނީ، ރާއްޖޭގައި އެކި ދާއިރާތަކަށް ޚާއްސަކޮށް ޢިމާރަތްކުރުމުގެ ދާއިރާއަށް ބޭންކުތަކުން ލޯނު ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކޮށް އެކަން ޙައްލުކުރަން ކުރާ މަސައްކަތާ މެދު ސުވާލު އުފައްދަވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، އެކި ދާއިރާތަކަށް ލޯނު ލިބުމުގައި ދަތިތައް ދިމާވަމުން އަންނަކަން ތަފާސް ހިސާބުތަކުންވެސް ފާހަގަވެފައިވާ ކަމަށެވެ.

މުނައްވަރު ވިދާޅުވީ، މީގެކުރިން އެމްއެމްއޭއިން ތަޢާރަފްކުރި “އެމްއެމްއޭ ގެރެންޓީ” ލޯނު ސްކީމް އަލުން ތަޢާރަފްކުރުމާއެކު ލޯނު ލިބުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބޭނެ ކަމަށެވެ. އަދި އެ ލޯނު ސްކީމްގައި ބައެއް މައްސަލަތައް ހުރުމުން، އެކަންކަން ޙައްލުކޮށް މިއަހަރުގެ ތެރޭގައި އެ ލޯނު ސްކީމް ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ، މި ލޯނު ސްކީމްގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާއަށާއި، ގެސްޓް ހައުސް ވިޔަފާރި އެޅުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ލޯނު ލިބުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ.

“ބޭންކު ރިސްކް އެޕަޓައިޓް ނުވާތީ މީގައި މައްސަލަތަކެއް މިއުޅެނީ. އަޅުގަނޑުމެން ދަންނަވާނަން ވަކި ދާއިރާތަކަކުން ވިޔަފާރިވެރިންނަށް ލޯނު ދޭން.” މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ޔޫޒަބަލް ރިޒަރވް އިތުރު ކުރުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޔޫޒަބަލް ރިޒަރވް އިތުރުކުރެވިއްޖެނަމަ، ރާއްޖޭގެ އިންފްލޭޝަން ރޭޓު ހަމަ މަގަށް އަޅުވައި، ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ޙައްލު ކުރެވި، ޢާންމު ރޭޓަށް ޑޮލަރުގެ އަގު ދަށް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި