ހެލްތް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބާއްވަމުންދާ ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ބައިވެރިވެއްޖެއެވެ.
އާންމުންނަށް ބައިވެރިވެވޭ މި އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ސްޓޯލްއިން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތް، އައިވީއެފް، އެމެޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެއެވެ..
އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާރްކްގައި ނޮވެމްބަރު 13، 15 އަދި 16، މި ދުވަސްތަކުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. މިއީ އާންމު ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ފަރާތުން މައުލޫމަތު ލިބިގެންދާނެ ވަރަށް ފުރިހަމަށް ފުރުސަތެކެވެ.
މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ފަސް ދާއިރާއަކުން މަޢުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.
- ޑައެޓް އެންޑް ނިއުޓްރިޝަން: ކްލިނިކަލް ޑައެޓީޝަންސް ކަމަށްވާ ރީބާ އާއި އައިޝާގެ ބައިވެރިވުމާއެކު.
- އައިވީއެފް އެންޑް ރީޕްރޮޑަކްޓިވް ހެލްތު: ޑރ. ޒަކިއްޔާގެ ބައިވެރިވުމާއެކު.
- ޑެންޓަލް ހެލްތު: ޑރ. އިލްހާމް އާއި ޑރ. ރީޝާގެ ބައިވެރިވުމާއެކު.
- ފެމިލީ މެޑިސިން: ޑރ. އަމިތޭޝްގެ ބައިވެރިވުމާއެކު.
- އެމަޖެންސީ މެޑިސިން: އެމެޖެންސީ ހަލަތުގުއި ފަރުވާތަށް ކުރިއަށް ދާގޮތުގެ މައުލޫމާތު ހިއްސާކުރުން
މި އެކްސްޕޯގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ޚިދުމަތްތައް ތައާރަފުކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިއްހަތާބެހޭ މިނިސްޓްރީން އެދެނީ މި އިވެންޓްގެ ބޭނުން އެންމެހާ ރައްޔިތުން ހިފުމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު،ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ހިޔާލު