ކުއްލި ޚަބަރު

އެމްޕީއެލްގެ 80 މުވައްޒަފުން ސޭފްޓީ ޓްރޭނިން ޕްރޮގްރާމް ފުރިހަމަކޮށްފި

ސަފީރު ކަމުގެ ފަތްކޮޅު މަސްއޫދު މޮރިޝަސްގެ ރައީސަށް އަރުވައިފި

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ޔޫއްޕެ ބައިވެރިވަނީ

“ޝާމިލް 2025” ހަރަކާތްތައް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ޝާމިލް 2025” ހަރަކާތްތައް ފަށައިފި އެވެ.

ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފެއްވާދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އެވެ.

“ޝާމިލް 2025” އަކީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދެވޭނެ އެވެ.

“ޝާމިލް 2025” ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް އަދި ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ގަޑިތަކުގައި ކޮންމެ މީހަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނެޝަނަލް ޕޮލިސީ އޮން އޭޖިން” އިފްތިތާހްކޮށްފި

ހާލު ކިހިނެއް، ޕްރޮގްރާމްގެ ތެރެއިން 16 އަތޮޅުގެ ރައްޔިތުންގެ ހާލަތު އޮޅުންފިލުވައިފި

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމުގެ ދަށުން 75 ކުދިން ޢާއިލާތަކާ ޙަވާލުކޮށްފިން: ޑރ. އައިޝަތު ޝިހާމް

Original 1718726263131

ޤައުމީ ޚިދުމަތުގައި އަންހެނުންގެ އަގުވަޒަންކުރާ ރެހެންދި އެވޯޑް އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

TTH_advertisement