ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ތަނަވަސްކަން ލިބިފައިވާ މީހުންނަށް ދައުލަތުގެ އިނާޔަތްތައް ދޭން ނުޖެހޭ: ސަލީމް

އާސަންދަ އަދި ދައުލަތުން ދޭ އެހެނިހެން އިނާޔަތްތައް ތަނަވަސް މީހުންނަށް ދޭން ނުޖެހޭ ކަމަށާއި އެފަދަ ހިދުމަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ސަލީމް ވިދާޅުވީ ރާއްޖޭގައި ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް އާސަންދައާއި އެންސްޕާ ހިދުމަތް ލިބެމުން އަދި 65 އަހަރުވުމުން ދޭ 5000 ރުފިޔާ ވެސް ބޮޑެތި ވިޔަފާރިވެރިންނަށް ލިބެމުން ދާތީ މިފަދަ ކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮތް އިރު އެ އަނބުރާ އެމީހުންނަށް ދޭން ނުޖެހޭ ކަމަށް ވިދާޅުވެ، އޭނާ ފާހަގަކުރެއްވީ ޒަކާތް ދޭންވާނީ ފަގީރުންނަށް ކަމަށެވެ.

މުއްސަނދިންގެ އަތުން މުދަލުގެ ޒަކާތް ނެގުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރާނަމަ އަދި އެ ޒަކާތް ރަނގަޅަށް ފަގީރުންނަށް ދޭނަމަ ރާއްޖޭގައި ފަގީރުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދުލުވެރި ޚަލީފާ އުމަރު ބިން އަބްދުލް އަޒީޒުގެ ދުވަސްވަރު އިސްލާމީ ދައުލަތުގައި ފަގީރުން ނެތް ކަމުގެ މިސާލު ނަންގަވައި ސަލީމް ވިދާޅުވީ ހަތަރު ލައްކައެއްހާ މީހުން ތިބި ރާއްޖޭގައި ވެސް ރަނގަޅަށް ކަންތައް ކޮށްފިނަމަ ފަގީރުންނެއް ނުތިބޭނެ ކަމަށެވެ.

ރާއްޖޭގައި ދައުލަތުން ހިލޭ ކޮށްދޭ ހިދުމަތްތަކާއި ސަބްސިޑީތައް ކުޑަކުރުމަށް ވޯލްޑްބޭންކާއި އައިއެމްއެފުން އެތައް އަހަރެއް ވަނީ ލަފާދީފައެވެ. ސަރުކާރުތަކުން އިނާޔަތްތައް “ޓާގެޓެޑް” ގޮތަކަށް ބޭނުންޖެހޭ މީހުންނަށް ދޭން ޖެހޭ ކަމަށް ވާހަކަ ދައްކަމުން އައި ނަމަވެސް އެކަަމަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ ކައުންސިލުގެ އަންހެން ދެގޮނޑިވެސް އިންތިހާބަކާ ނުލައި ޕީއެންސީއަށް

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

majlis

ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

TTH_advertisement