ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޠައިބާ މިސްކިތަށް ގެއްލުންދިން މީހާ އާއިލާއާ ހަވާލުކޮށްފި

Ii

މިއަދު ހެނދުނުގެ ވަގުތެއްގައި މާފަންނު މަސްޖިދުލް އައްސުލްޠާން ހަސަން އިއްޒުއްދީން ނުވަތަ ޠައިބާ މިސްކިތުގެ ބިއްލޫރިގަނޑުތަކެއް ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށުން އާއިލާއާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ އައްސުލްޠާން ހަސަން އިއްޒުއްދީންގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލަ ހެނދުނު 07:02 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

“ތަޙްޤީޤުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 24 އަހަރުގެ ފިރިހެން މީހާ ވަނީ ޢާއިލާއާއި ހަވާލުކޮށްފައި،” އޮފިޝަލް ވިދާޅުވިއެވެ.

އެ މީހާ އަކީ ނަފުސާނީ ބަލި މީހެއްކަން އާއިލާއިން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. އެ މީހާ އާއިލާއާ ހަވާލުކުރީ އެހެންވެއެވެ.

އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އާއިލާއިން ވަނީ ދީފައެވެ. އަދި އެ މިސްކިތަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ވެސް އާއިލާ އިން ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ހުޅުމާލެ ހައިވޭ އިން ދުއްވާފައިދިޔަ އެމްއޭސީއެލްގެ ޕިކަޕެއް ފުރޮޅާލައިފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ