ފަތުރުވެރިން ގޮވައިގެން އެކްސްކަރޝަންއަށް ނިކުމެ އުޅުނު ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓެއްގައި އެތަނުން އެއް ދޯނި އަޑިއަށްހިނގައްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ބާސެލޯ މޯލްޑިވްސް ރިސޯޓްގެ ފުއްޓަރު ފަރާތާ ދިމާލު ބޭރުގައިކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އެ ހާދިސާގައި އެއް ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށާއި އަނެއް ދޯނީގެ ޑެކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަޑިއަށް ދިޔަ ދޯނީގައި ތިބި މީހުން ވަނީ އެ ސަރަހައްދުގައި އޮތް އެހެން ދޯންޏަކަށް އަރައި ސަލާމަތްތެރިކަން ހޯދައިފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.