ކުއްލި ޚަބަރު

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށްފި

ބީއެމްއެލް ކާޑު މެޝިންތަކުން ވިޔަފާރިވެރިންގެ އަތުން ނަގާފީ %1 އަށް ކުޑަކޮށްފި

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ރައީސް އާ ބައްދަލުކުރައްވައިފި

ހަނިމާދޫ އެއާޕޯޓުގެ ގިނަ މަސައްކަތްތައް ނިންމީ މި ސަރުކާރުން: ޝަރީފް

Muaz

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ނިމިފައިވަނީ އެންމެ 28 އިންސައްތަ މަސައްކަތް ކަމަށް، އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިރޭ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ ބާކީ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތުގައި ބުރަކޮށް މަސައްކަތްކުރެއްވި ހުރިހާ މުވައްޒަފުންނަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

“މި ބިޔަ މަސައްކަތުގެ ޝުކުރު ހައްގު ވަނީ ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި ދޭހާ އަތްވެފައި މި ހުވަފެން ހަގީގަތަަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ކޮންމެ މުވައްޒިފެއް، އެންމެ މުވައްޒަފުންނަށް ޝުކުރިއްޔާ، ރޭވުންތެރިކަމާއި ހިންގުންތެރިކަމުގައި ހަނިމާދޫ ވައިގެ ބަނދަރު އޭގެ އަސްލަށް ގެނެސްދެއްވުމަށް އޭގެ ބުރަ މަސައްކަތް އަޅުގަނޑާއެކު ކުރެއްވި ދެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ޝުކުރު ދަންނަވަން،”. ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕްލޭންކުރެވިފައިވާ ގޮތަށް އަހަރަކު 1.3 މިލިއަން ފަތުރުވެރިން ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ހޯދާ ދުވަސް މާ ދުރުނޫން މުސްތަގްބަލެއްގައި ފެނިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށާއި، އެއީ ބޮޑު ތިލަދުންމަތި އުތުރުން ދިއްލާ ލެވުނު އިގްތިސާދީ ދަންމަރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ކާބަފައިން ވި ވައުދެއް ކަމަަށާއި، އެއީ މުސްތަގުބަލަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އެއީ އެތައް ސަތޭކަ އަހަރު ވަންދެން މި ބޮޑުތިލަދުންމަތި ދުށް ގަދީމީ ހުވަފެން، އީޖާދީ ވިސްނުމާއި، އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން އުފަން ކުރި އަޖަައިބެއް ފަދަ މި ވައިގެ ބަނދަރު ކޮންމެ 365 ދުވަހަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖޭގެ އަސްކަނިން އެތެރެވާތަން ދުށުން އޮތީ ﷲގެ އިރާދަފުޅާއެކު މާ ދުރަކު ނޫން،”. ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

442692 9375ada9 5

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ކުރިއެރުމާ ގުޅިފައިވާ ދޮރާށި: ރައީސް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ އުތުރުގެ ފަތުރުވެރިކަމުގެ ފެށުން: ޑރ. ވަޙީދު

Whatsapp image 2025 06 25 at 14.47.06

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ހަގީގަތަކަށް ހެދުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ރައީސް: ޝަރީފް

TTH_advertisement