ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އިޢާދަކުރައްވައިފި

Ii

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، އެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކުރައްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، މަހްމޫދު ރިޔާޒު އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެެވެ. އޭނާ މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ. ނަމަވެސް އެ ކޮމިޓީން އެކަމާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އެ މައްސަލަތަކުގައި ނެތްކަމަށް ނިންމަވާފައެވެ. އަދި އޭނާގެ ވަޒީފާ އަލުން އިޢާދަކުރެއްވުމަށް އެ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ތަހުގީގަކާއި ގުޅިގެން މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒުގެ މައްސަލަ އެކޮމިޓީން އިތުރަށް ތަހުގީގުކުރެއްވުމަށްފަހު އެ މައްސަލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައި، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާތީ މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރައްވާފައިވާކަމަށެވެ.

241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި