ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ކެރަމް ސިންގަލްސް ޗެމްޕިއަންކަން ނާޒިމާއި ވިދާދަށް

B 202511070604321762520672.7347

ތިން ވަނަ ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަސަން ނާޒިމް ހޯދިއިރު، އަންހެން ބައިގެ ތަށި، އައިމިނަތު ވިދާދު (ދާދު) ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތް ބުދަ ދުވަހާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ކުރިން ކުޅުނު، ލޯކަލް އެންމެ ފަހު މުބާރާތެވެ.
މިފަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެވެސް ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ކުޅުންތެރިން ވާދަކޮށްފައިވާ އިރު، ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވެއެވެ.

ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ނާޒިމް ވާދަކުރީ ގައުމީ ޗެމްޕިއަން އިބްރާހީމް ހުޖާނާ ދެކޮޅަށެވެ. އެމެޗު ނާޒިމް ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

ފުރަތަމަ ސެޓު ނާޒިމް 18-17 އިން ގެންދިޔަ އިރު، ދެވަނަ ސެޓު ހުޖާން ގެންދިޔައީ 17-13 އިންނެވެ. ފަހު ސެޓު 25-13 އިން ގެންދިޔައީ ނާޒިމެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ވިދާދު ނުކުތީ އައިޝަތު ފައިނާޒާ ދެކޮޅަށެވެ. އެމެޗު ވިދާދު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ވިދާދު ސެޓުތައް ގެންދިޔައީ 25-2 އަދި 19-14 އިންނެވެ.

ސީނިއާ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަދީލް އަދީލާއި ހާޓިމް ހަލީލެވެ. އެއީ ފައިނަލުގައި މުހައްމަދު މުންތަސިރާއި ޔަމާލް އަބްދުލް ލަތީފް ބަލިކޮށްފައެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިޝާމާއާއި ފާތިމަތު ރަޔާނާގެ ޕެއާއެވެ. ފައިނަލުގައި އެ ޕެއާއިން ވާދަކުރީ އައިޝަތު ޝުބާ އާދަމާއި އައިމިނަތު ސިޔާމާގެ ޕެއާއާ ދެކޮޅަށެވެ.

ޖޫނިއާ ބައިން ފިރިހެން ޗެމްޕިއަނަކީ އަހުމަދު މައިޝަންއެވެ. އަންހެން ޗެމްޕިއަނަކީ އިންޝާ އިކްލީލް އައްބާސެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެރަމް ކޮމިއުނިޓީ ޝީލްޑް: ސިންގަލްސް ޗެމްޕިއަންކަން މައިޝާން އާއި އިންޝާއަށް

ކެރަމް ކޮމިއުނިޓީ ޝީލްޑް އޮކްޓޫބަރުގައި 28 ފަށަނީ

ފުރަތަމަ ފަހަރަށް ޖޫނިއަރ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް ބާއްވަނީ

TTH_advertisement