ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

އިސްލާމީ އިތުރު ގައުމަކުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފް

އިސްތިއުމާރީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން އަރަބި-އިސްލާމީ އިތުރު ގައުމަކުން ތައްޔާރުވެއްޖެއެވެ.

މިކަން އިއުލާންކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ.

އޭނާ މިކަން ހާމަކުރީ ފްލޮރިޑާގައި ބޭއްވި ބިޒްސަން ފޯރަމެއްގައި ވާހަކަ ދައްކަމުންނެވެ.

ވިޓްކޮފް ބުނީ، އިސްރާއީލާ އާދައިގެ ގުޅުމަކަށްދާ ގައުމުގެ ނަން އޭނާ އެނބުރި ވޮޝިންޓަނަށް ގޮސް، އެމެރިކާގެ ގަޑިން މިރޭގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށެވެ.

އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރާ ގައުމުގެ ނަމެއް، ފޯރަމްގައި އޭނާ ހާމައެއް ނުކުރެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ އެއީ ކަޒަކްސްތާން ކަމަށެވެ.

އަރަބި-އިސްލާމީ ގައުމުތައް އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށް އާދައިގެ ގުޅުމަކަށް ދިއުމަކީ، އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އައި ފުރަތަމަ ދައުރު ނިމެން ދަނިކޮށް އޭނާ އިއުލާންރި އެބްރަހަމް އެކޯޑްސްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ޓްރަމްޕްގެ މަސައްކަތުން، އެބްރަހަމް އެކޯޑްސްގެ ދަށުން އިސްރާއީލާ ސިޔާސީ ގުޅުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ ފުރަތަމަ ގާއިމްކުރީ ޔޫއޭއީއާއި، ބަހްރެއިނުންނެވެ. އޭގެފަހުން، ޖެހިގެން އައި މަހު މޮރޮކޯއާއި ސޫދާނުންވެސް ވަނީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައެވެ.

އެބްރަހަމް އެކޯޑްސްގެ ދަށުން އަރަބި-އިސްލާމީ ގައުމުތަކުން އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދަނީ، އެމެރިކާއާއި އެ ގައުމުތަކާ ދެމެދު ވެވޭ އެއްބަސްވުންތަކެއްގެ ދަށުންނެވެ.

އިސްރާއީލާ ސިޔާސީ ގުޅުން އުފެއްދުމުގެ ބަދަލަށް، އެ ގައުމުތަކާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ސަލާމަތީ ކަންކަމުގެ ގުޅުންތައް ގާއިމްކުރެވެއެވެ. އިގްތިސާދީ އެތައް ޕެކޭޖަކާއި، މާލީ ބޮޑެތި މަންފާތަކާއި، ސަލާމަތީ ގެރެންޓީ ދެވެއެވެ.

ޔޫއޭއީ، ބަހްރެއިން، މޮރޮކޯ އަދި ސޫދާނުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރުމުން ފަލަސްތީނު ސަރުކާރާއި، ފަލަސްތީނު ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. ސަބަބަކީ، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް ފަހުގައި މެނުވީ އިސްރާއީލާ އާދައިގެ ގުޅުމަކަށް ނުދިއުމަށް އަރަބީން ގެންގުޅެމުން އައި ސްޓޭންޑް އެ ހަތަރު ގައުމުން އުވާލުމުންނެވެ.

މިކަމާހެދި، ފަލަސްތީނު ރައްޔިތުން ޔޫއޭއީ، ބަހްރެއިން، މޮރޮކޯ އަދި ސޫދާން ސިފަކޮށްފައިވަނީ، ފަލަސްތީނު ރައްޔިތުންނަށް ޣައްދާރުވެފައިވާ ގައުމުތަކުގެ ގޮތުގައެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އައިސް ވެރިކަމާ ހަވާލުވީ މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

ޓްރަމްޕް ވެރިކަމަށް އައީ، އެބްރަހަމް އެކޯޑްސް އިތުރަށް ފުޅާކުރުމުގެ ވައުދާވެސް އެކުގައެވެ.

ނަމަވެސް، އިސްރާއީލުން ދެއަހަރު ކުރީއްސުރެ ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، ހުޅަނގު އައްސޭރި އިސްރާއީލުގެ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތާއި، ސަރަހައްދުގެ ގައުމުތަކަށް ކެނޑިނޭޅި ބޮންއަޅަމުން ގެންދިއުމުގެ ސަބަބުން ޓްރަމްޕްގެ މަސައްކަތް ކުރިއަކަށް ނުކަނޑައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އެންމެ ގަދައަޅައި މަސައްކަތް ކުރަނީ ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން އުފެއްދުމަށެވެ. ސަބަބަކީ، ސައުދީ އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ހިނގައްޖެނަމަ ސައުދީ އަރަބިއްޔާ ނަމޫނާއަކަށް ބަލައިގެން އަރަބި-އިސްލާމީ އެތައް ގައުމަކުން އިސްރާއީލާ ގުޅުން ގާއިމްކުރާނެ ކަމަށް ޓްރަމްޕް ދެކެއެވެ.

ސައުދީ އަރަބިއްޔާއިން ފެށުނީއްސުރެ ބުނަމުން ގެންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ނުއުފައްދަނީސް އިސްރާއީލާ އެއްވެސް ގުޅުމެއް ގާއިމް ނުކުރާނޭ ކަމަށެވެ.

އިސްރާއީލުގެ ދެމިއޮތުމަށް، އިސްރާއީލާއި އަރަބި-އިސްލާމީ ގައުމުތަކާ ގުޅުން އުފެއްދުމަށް ޓްރަމްޕް ގަދައަޅައި މަސައްކަތް ކުރަމުން ގެންދާއިރު، އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ދައުލަތް ވުޖޫދުވިޔަ ނުދިނުމަށް ކުރެވެން އޮތްހާ ކަމެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނަށް ހަމަލާދޭން ސައުދީ ބިމާއި ވައިގެ ސަރަހައްދުވެސް ބޭނުން ނުކުރެވޭނޭކަން ރަސްމީކޮށް އަންގައިފި

އަސްކަރީ ބަޣާވާތެއްކޮށް ރައީސް ޝީ ޖިންޕިންގ މަގާމުން ދުރުކުރަން އުޅުނުކަމަށް ފެތުރެމުންދާ ވާހަކަތައް

TTH_advertisement