ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ޤަތަރާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ކެބިނެޓްގެ މެންބަރު ސުލްތާން ބިން ސާދު ބިން ސުލްތާލް އަލް މުރައިޚީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤަތަރުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީގައި އެ ޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ވަނީ ރާއްޖޭން އެމަނިކުފާނަށް އަދާކުރި މެހެމާންދާރީީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤަތަރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ބަލައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޤަތަރުގެ ރައްޔިތުންނަށް ފައިދާކުރާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ހަކަތައާއި ތަޢުލީމާއި ޞިއްޙީ އަދި އިންވެސްޓްމަންޓާއި ސަގާފަތުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު