ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 30 މެގަވޮޓްގެ ބިޔަ މަޝްރޫއެއް ފަށަނީ: ރައީސް

އައްޑޫ ސިޓީގެ ކަރަންޓުގެ ދާއިމީ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ބިޔަ މަޝްރޫއެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކަރަންޓުގެ މައްސަލައަކީ ކުދިކުދި ކަންކަމުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއަދާ ހަމައަށް 8 ޖެނެރޭޓަރު ގެނެސްފައިވީ ނަމަވެސް ހިތްހަމަޖެހޭ ވަރުގެ ހައްލެއް އަދިވެސް ލިބިފައިނުވާ ކަމަށެވެ.

އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ކަމަށްވާއިރު، އެ ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް ބަލާއިރު ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނަންޖެހޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، މިކަމަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޮޑު މަޝްރޫއެއް ފެށުމަށް ނިންމާފަ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ނިންމާފައިވަނީ 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިކަމާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ދާދިފަހުން ފެނަކައިން ވަނީ ވަގުތީ ހައްލެއްގެ ގޮތުގައި ޖަނަރޭޓަރުތަކެއް ގެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Rtl

އަންނަ އަހަރުގެ މާޗު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީ ހިދުމަތް ގާއިމްކުރާނީ

ދިވެހި ދިފާޢީ ބާރަކީ ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭ: ރައީސް

Ii

ސަރުކާރުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރާނީ އިސްލާމީ އުޞޫލާ އެއްގޮތަށް: ރައީސް

ޓެކްސީ ލައިންގެ ހިދުމަތް ފެބްރުއަރީ މަހު ފަށަނީ

TTH_advertisement