ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ސ. އަތޮޅު ސްކޫލުގެ އާ އިމާރާތް އެޅުމާއި ހުޅުދޫ އަދި މީދޫގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރަން ޙަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫހުޅުދޫ އާއި އައްޑޫމީދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ސ. އަތޮޅު މަދަރުސާގެ އާ އިމާރާތް އެޅުމަށާއި، އެ ދެރަށަށް ނިސްބަތްވާ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ޙަވާލުކޮށްފިއެވެ.

މުހިއްމު ދެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުން އޮތީ ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި ޖަލްސާގައެވެ.

ހުޅުދޫގައި ހުންނަ އަތޮޅު މަދަރުސާގައި އެޅުމަށް ހަމަޖެހިފައިވާ އާ އިމާރާތުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދުއެވެ.

ދެރަށުގެ ޞިއްޙީ މަރުކަޒުގެ އާ އިމާރާތް އަޅައި، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ޙަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލެޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ގްލެޓް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝިޔާމްއެވެ.

އައްޑޫހުޅުދޫ – އައްޑޫމީދޫގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޖަލްސާގައި ވަނީ އައްޑޫހުޅުދޫ އަދި އައްޑޫމީދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައި މީދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ވެސް ފަށައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މިއަދު ވަނީ ދެރަށުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ހުޅުދޫ އަދި މީދޫގެ މަގު ހެދުމުގެ މަޝްރޫޢާއި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތުތައް ޝަރަފްވެރިކޮށްދެއްވާފައެވެ.

އިތުރު ކަންކަމަށް ބަލާއިރު، ދެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރުސީ) ޤާއިމުކުރުމާއި، ހުޅުދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ބްރާންޗެއް އެޅުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫހުޅުދޫ އާއި އައްޑޫ މީދޫއަށް ވަޑައިގަތުމުން އެ ދެ ރަށުގެ ރައްޔިތުން ރައީސަށް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޭދޫގެ ފުޓްސަލް ދަނޑާއި 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައި ބަނދަރުގެ މަސައްކަތް ފަށައިފި

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަަސައްކަތް ފަށައިފި

އެމްޓީސީސީން ތިންވަނަ ކުއާޓަރުގެ މާލީ ހިސާބު މިމަހު 10ގެ ކުރިން އާންމުކުރަނީ

Mal

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ތާރުއަޅަން ބަންދުކޮށްފި

TTH_advertisement