ކުއްލި ޚަބަރު

އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި

ބީއެމްއެލް ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފި

ހިތަދޫ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދެނީ

މިރޭ ފެންނާނީ މިދިޔަ 6 އަހަރުތެރޭގައިވެސް ނުފެންނަވަރުގެ “ސުޕަރމޫން”

އުޑުމަތިން ރޭގަނޑު ހަނދު ފެންނައިރު އާއްމުކޮށް ނުފެންނަވަރަށްވުރެ ބޮޑުކޮށް ހަނދު ފެންނަ ފަހަރު އާދެއެވެ. އާއްމުކޮށް ފެންނަވަރަށްވުރެ ބޮޑުކޮށް ހަނދު ފެންނަ ސަބަބަކީ ދުނިޔެ ވަަށައިގެން ހަނދު ދަތުރުކުރާ އޯބިޓުގައި ހިމެނޭ ދުނިޔެއާ އެންމެ ކައިރި ޕޮއިންޓުކަމަށްވާ “ޕެރިޖީ”އަށް ހަނދު އެރުމެވެ. ޕެރިޖީގައި ހަނދު ހުންނައިރު ދުނިޔެއަށް ހަނދު ފެންނަ ސައިޒު ބޮޑުވުމުގެ އިތުރުން، އޭގެ އަލިވެސް އާއްމުކޮށް ފެންނަ ވަރަށްވުރެ ގަދަވާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ފަޅި ހަނދެއްގެ ބަދަލުގައި ފުރިހަމަ ހަނދަކާއި ދިމާވާނަމަ، ކިޔާ އުޅެނީ “ސުޕަރމޫން”އެވެ.

ކޮންމެ އަހަރަކުވެސް އެތައް ސުޕަރމޫންއެއް ދުނިޔެއަށް ފެނެއެވެ. މިއަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނާއިރު، ފުރަތަމަ ސުޕަރމޫން ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މިއަހަރުގެ އެންމެ ފަހު ސުޕަރމޫން ފެންނާނީ އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެކުރިން މިރޭ، ނޮވެމްބަރު 5 ވަނަ ދުވަހުގެރޭވެސް ދުނިޔެއަށް އާދަޔާ ހިލާފަށްބޮޑު ސުޕަރމޫންއެއް ފެންނާނެއެވެ.

ފަލަކީ އިލްމުވެރިން ބުނާގޮތުން މިރޭ ފެންނަ ސުޕަރމޫންއަކީ މިދިޔަ 6 އަހަރު ތެރޭގައިވެސް ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ހަނދެވެ. މިއީ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 19 ވަަނަ ދުވަހު ފެނުނު ސުޕަރމޫންއަށްފަހު ދުނިޔެއާ އެންމެ ކައިރިން ފެންނާނެ ސުޕަރމޫންއެވެ. މިރޭ ހަނދު ފެންނައިރު ހުންނާނީ އާއްމުކޮށް ފެންނަވަރަށްވުރެ 14 ގުނަ ބޮޑުކޮށް، އަދި 30 ގުނަ އަލިގަދަކޮށެވެ.

ފަލަކީ އިލްމުވެރިން ބުނާގޮތުން ނޮވެމްބަރު 4، 5 އަދި 6 ވަނަދުވަހުގެރޭވެސް ފެންނަ ހަނދު އާދަޔާ ހިލާފަށް ބޮޑުވެފައި، އަލިގަދަވާނެއެވެ. ނަމަވެސް އޭގެތެރެއިން އެންމެ ރީތިވާނީ ނޮވެމްބަރު 5 ވަނަ ދުވަހުގެރޭ ހަނދުކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިރޭ ފެންނަ ސުޕަރމޫންއަށްފަހު މިފަދަ ރީތި ހަނދެއް ދެން ފެންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުގެރެއެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެއެވެ. އަންނަ އަހަރު ފެންނަ ސުޕަރމޫންގެ ތެރެއިން ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުގެރޭ ފެންނާނެ ސުޕަރމޫންއަކީ މިރޭ ފެންނަ ސުޕަރމޫންއަށްވުރެވެސް ބޮޑު، އަދި އަލިގަދަވާނެ ހަނދެއްކަމަށް ފަލަކީ އިލްމުވެރިން ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ޓޫރިޒަމް ތަރައްގީކުރަން ފުލީދޫން ދޫކުރި ބިން އަތުލާފައިވަނީ ރަނގަޅަށް: ސިވިލް ކޯޓު

ފެނަކަ ކޮރަޕްޝަންގެ މައްސަލާގައި އޭސީސީއާއެކު މަސައްކަތްކުރަން މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި

majilis

އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި

TTH_advertisement