ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓާއި ލައިބްރަރީ ގޮތްޕަކާއި ފުލުހުންގެ އެކޮމޮޑޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީގައި 400 ހައުސިން ޔުނިޓް ޤާއިމުކުުރުމުގެ އަމަލީ މަަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް އެވެ.
މިއީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ އެކޮމޮޑޭޝަންއެއް ޤާއިމުކުރުމުގެ އަމަލީ މަަސައްކަތް ފައްޓަވައި ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީ އާއި ފުވައްމުލަކު ސިޓީގެ ތިން ދާއިރާގެ މަޖިލީސް މެންބަރުންނެވެ.
ފުވައްމުލަކު ސިޓީގައި ނެޝަނަލް ލައިބްރަރީގެ ގޮތްޕެެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީއެވެ.
އެ ސިޓީގެ މާދަޑު އަވަށުގެ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުޅުވައި ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު