ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ލަންޑަނުގައި ރާއްޖެ އިޝްތިހާރުކުރަން ޚާއްސަ ކެމްޕޭނެއް

990

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސެންޓްރަލް ލަންޑަން، ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭން ފަށާފައިވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމާ ދިމާކޮށެވެ.

ދެ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަމާއި ބްރޭންޑިން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެންދާނެއެވެ. ވީއެމްސީން ހާމަކުރައްވާ ގޮތުގައި، މި ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިންގެ އިތުރުން ހިތްގައިމު މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެއެވެ.

މި އިޝްތިހާރުތައް ފަރުމާކޮށްފައިވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރީމިއަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ރާއްޖޭގައި ފަތުރުވެރިންނަށް ލިބޭ ފުރުސަތުތައް ފާހަގަކުރުމަށެވެ.

މި ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުމެވެ.

އަދި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްގެ އެއްބާރުލުމާއެކުގައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ބެރެނާއީ ކޮއްޓަފަރު، އަދި ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް ހިމެނެއެވެ.

ވީއެމްސީން ވިދާޅުވީ، ޑަބްލިއުޓީއެމް 2025ގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ އިތުރުން މި ކެމްޕޭނަކީ، ގިނަ މާކެޓުތަކެއް އެއްތަންވާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބޭ ތަރުހީބު އިތުރުކުރުމަށް ކުރެވޭ ހާއްސަ މަސައްކަތެއް ކަމަށެވެ.

މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވޭނެކަމަށް ވީއެމްސީން އުއްމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Ii

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާ ގާތްވެފައިވެއްޖެ

TTH_advertisement