ކުއްލި ޚަބަރު

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މާލެއިން އަތުލައިގެންފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދައިފި

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ ގެމަނަފުށީ އަފްލާޙް ނިޔާވެއްޖެ

Big lrp6ga5w1s6wyiuj1o6fxxpup

އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާޙް އަބްދުﷲއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަލީ އަފްލާހު ނިޔާވިއިރު އުމުރަކީ 25 އަހަރެވެ. އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުރުމަށް ވަނީ ނިންމާފައެވެ.

އިއްޔެ ހިނގި މި ހާދިސާގައި ބިދޭސީއަކުވެސް ވަނީ ނިޔާވެފައެވެ. އެގޮތުން މިހާދިސާގައި ނިޔާވެފައި ވަނީ ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ، އުމުރުން 32 އަހަރުގެ ބަންގްލެދޭޝަށް ނިސްބަތްވާ މަސްޢޫދު ޙޮސައިނެވެ.

އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި 4 ދިވެހިންނާއި 2 ބިދޭސީއަކަށް ފަރުވާ ދިނެވެ.

އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު 15:44 އެހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ މީހުން ސަލާމަތްކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައެވެ. އަދި ކަނޑުވި އެހެންމީހުންވެސް ސަލާމަތްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

778

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

Mal

ދެ ދޯންޏެއް ޖެހި އެކްސިޑެންޓެއް، އެއް ދޯނި ދިޔައީ އަޑިއަށް

އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

TTH_advertisement