ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުހިއްމު ތިން ކަމެއް ތަންފީޒުކުރަން ފެށުން

raees muiz

ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން މުހިއްމު ތިން ކަމެއް ތަންފީޒުކުރަން މިއަދު ފެށުމާ ގުޅިގެން އެ ތިން ސިޔާސަތު ހަގީގަތަަކަށް ހެދުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ފެށިގެންދާ ކަންކަމުގެ ތެރޭގައި 2007 ވަނަަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އަދި އޭގެ ފަހުން އުފަންވި ހުރިހާ އެންމެންނަށް ދުންފަތް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ދުންފަތާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަަހަޅައިގެން ގެނެސްފައިވާ އިސްލާހު ތަންފީޒުކުރަން ފެށުން ހިމެނެއެވެ.

މި އިސްލާހަށް އަމަލުކުރަން މިއަދު ފެށުމާއެކު ދުނިޔޭގައި ދުންފަތަށް ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކަށްވުރެ ހަގު އެންމެންނަށް ދުންފަތް ބޭނުންކުރުމާއި އޭގެ ހުރިހާ މުއާމަަލާތެއް ހިންގުން މަނާކުރި ފުރަތަމަ ގައުމަކަަށް ރާއްޖެ ވެގެންދާނެއެވެ.

އޭގެ އިތުރަށް ކަނޑުފަޅުގެ ނަފާ ހޯދުމަށް ދިވެހިންނަށް އޮތް ފުރުސަތުތައް ފަހިކުރުމުގެ ގޮތުން މެނޭޖުމެންޓު ޕްލޭނެއްގެ ދަށުން ކަށިމިޔަރު ބޭނުމުގެ ހުއްދަ މަސްވެރިންނަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުން މިއަދުން ފެށިގެން ތަންފީޒުކުރަންވަނީ ފަށާފައެވެ.

އަދި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން މިއަދުން ފެށިގެން ތަންފީޒުކުރަންވަނީ ފަށާފައެވެ.

މިކަންކަމަށް އަމަލުކުރަން މިއަދު ފެށުނުކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އެ ތިން ކަންތަައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޭގެ އިތުރަށް މި ތިން ސިޔާސަތު ތަންފީޒުކުރަން ފެށުމުން އެކަމުގެ ފައިދާ ލިބޭ ހުރިހާ އެންމެންނަށާއި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަަށް މަރުހަބާ ވިދާޅުވާ ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި