ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ކެންސަރާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: މެޑަމް ސާޖިދާ

madam saajida

ކެންސަރު ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއިން ކެންސަރާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

“ބްރެސްޓް ކެންސަރ އެވެއަރނެސް” ގެ 6 ވަނަ ސިމްޕޯސިއަމް ފައްޓަވާދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ، ކެންސަރާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ސިއްޙީ ދާއިރާއިން މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިންމު މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވި، ބަލިން އަރައިގަތުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާއިރު، ބަލި ތަޙައްމަލުކުރަމުންދިޔަ އެތައްބައެއްގެ ވޭން ކުޑަ ތަންކޮޅެއްނަމަވެސް ލުއިކޮށްދިނުމުގައި ބާރަކަށް ވެގެންދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ، ސިއްޙީ ދާއިރާއިން މިކަމުގައި ކުރައްވަމުންގެންދަވާ މަސައްކަތުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

“މިއަދު ބައްޔާ ދެކޮޅަށް ފަރުވާ ދެމުންދަނީ ހަމައެކަނި ބޭހަކުން ނޫން. ނަފްސާނީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ. މިއީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތް.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އުރަމަތީގެ ކެންސަރާއި ބެހޭ ތަފާސްހިސާބަކީ، ކޮންމެވެސް އަންހެނަކު އަދި މަޔަކު އުފުލަމުންދާ ނުވަތަ އުފުލާފައިވާ ތަކުލީފާއި އެތައް ވޭނެއްގެ ހަގީގަތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

ހުނަރުވެރިކަން ދަސްކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ރަގަޅަށް ހިފަންޖެހޭ: ސާޖިދާ

112

އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި

112

ދިވެހި ސަގާފަތަކީ އަންނަން އޮތް ޖީލަށް ފޯރުކޮށްދޭންޖެހޭ އަމާނާތެއް: މެޑަމް ސާޖިދާ

112

ގައިޑްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޗެއާ އާއި މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

TTH_advertisement