ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ގްރީން ސްޓްރީޓްސްގެ ޗެއަރޕާސަންގެ މަގާމަށް ޢަފޫ އިންތިޚާބުކޮށްފި

Big

ކުލަބް ގްރީން ސްޓްރީޓްސްގެ ޗެއަރޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު އިންތިޚާބުކޮށްފިއެވެ.

ގްރީން ސްޓްރީޓްގެ ހިންގާ ކޮމިޓީއަށް ބަދަލުގެނެސްފައިވާއިރު އެ ކުލަބުގެ ސީނިއަރ ވައިސް ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުޙައްމަދު ޝިފާޒެވެ. ވައިސް ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ މުޢާވިޔަތު ޚަލީލެވެ. މި ތިން މަގާމަށް މިބޭފުޅުން އިންތިޚާބުކޮށްފައިވަނީ 26 އޮކްޓޫބަރު 2025ގައެވެ.

ދެން އެ ކުލަބުގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރުންނަކީ 14 ފެބުރުއަރީގައި 2025 ގައި އިންތިޚާބުކޮށްފައިވާ މެންބަރުންނެވެ.

  • ގްރީން ސްޓްރީޓްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުން:

އިބްރާހީމް ޢަބްދުﷲ – ވައިސް ޗެއަރޕާސަން
އިބްރާހީމް ޢާޒިމް – އިދާރީ ސެކްރެޓަރީ
އިދާރީ ސެކްރެޓަރީގެ ނައިބު – މުޙައްމަދު ޔާމީން އަޙްމަދު
ޔޫޝައު ލަތީފް – ޚަޒާންދާރު
އަޙްމަދު އިހްތިސާމް – ޚަޒާންދާރުގެ ނައިބު
ޙުސެއިން ފައުޒާން – މީޑިއާ ކޯޑިނޭޓަރ

ކްލަބު ގްރީން ސްޓްރީޓްސްއިން މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި މިހާރު އޮތް ހިސާބުން އަރައިގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންއަންނައިރު އެ ކުލަބަށް މިއަހަރު ފެށުނުއިރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ފައިސާގެ ތާށިކަމާއި، ރަނގަޅު ކުޅުންތެރިން ހޯދުމުގެ ދަތިކަމެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިވަގުތު 3 ޕޮއިންޓާއެކު އެންމެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އެންމެ ފަހުން ކުޅުނު މެޗުން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 9-0 ގެ ބޮޑު ތަފާތަކުން ބަލިވެފައެވެ. ދެން އެންމެ އަވަހަށް އެ ކުލަބުން ނިކުންނާނީ ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސްއަށް މިހާތަނަށް މޮޅެއް ލިބިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ކްލަބު އީގަލްސްއާއި ދެކޮޅަށް 1 އޮކްޓޫބަރުގައި ކުޅުނު މެޗުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement