ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި

Mal

ޓްރީޓޮޕް ހޮސްޕިޓަލުން ވިލާ ކޮލެޖާ ގުޅިގެން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހަވާލުކޮށްފިއެވެ.

ސްކޮލަޝިޕް ފުރުސަތު ލިބުނު ހަތަރު ކުދިންނަށް ސްކޮލަޝިޕް ހަވާލުކުރީ ޓްރީޓޮޕްގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ނާސިން ދާއިރާއިން ސްކޮލަޝިޕް ފުރުސަތު ލިބުނީ އައިޝަތު ނައުސީން، މަލިކާ ހަމީދު، މަރިޔަމް މަލަކު މުހައްމަދު އަދި ރަޒަން ހަލީމްއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރު ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

އެ ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާ އިރު، އޭގެ ތެރެއިން ހަތް ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެ އެވެ. މިއަހަރު ވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިން ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތަށް ފަހު އޯނާސް ރިޕްރެސެންޓޭޓިވް ސަރާ ވިދާޅުވީ ސްކޮލަޝިޕް އަށް ސިލެކްޝަން ހެދުމުގައި ވަރަށް ކޮމްޕެޓިޓިވްވި ކަމަށާއި ސްކޮލަޝިޕްގެ ސަބަބުން އެ ކުދިންނަށް ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓްރީޓޮޕްގެ ސީއީއޯ ސްރިވާޓްސަން ސްރިދާރު ވިދާޅުވީ ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ މީހުން ބިނާ ކުރުމަށް ކުރާ އިންވެސްޓެއް ކަމަށާއި އެގޮތުން ސްކޮލަޝިޕް ފުރިހަމަ ކުރާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުން އަންނަ ޓްރީޓޮޕުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޅިން އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހެލްތު ކޭމްޕްތައް ބާއްވައި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް

Whatsapp image 2025 10 20 at 18.49.16

ޓްރީޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕުން 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ނާސިންގް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި