ކުއްލި ޚަބަރު

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

ކާށިދޫގެ ފުޑް ސެކިރުޓީ ގައުމީ މަޝްރޫއުން ފުޑް ސެކިއުރިޓީއަށް ބޮޑު އެހީއެއް ލިބޭނެ: ރައީސް

Big egxiqznv6zesptf3c064grov2

ކާށިދޫން ފުޑް ސެކިއުރިޓީގެ ގައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ބިން މިއަދު ވަނީ ހަވާލުކޮށްފައެވެ.

ރައީސް މުއިއްޒު، ޅ. އަތޮޅުގެ 4 ރަށަކަށާއި ކ. އަތޮޅުގެ 3 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި ކ. އަތޮޅުގެ ފުރަތަމަ ރަށަކަށް މިއަދު ހެނދުނު ކާށިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަަވަމުން ވިދާޅުވީ، މިއަދު ރަށުގެ ރައްޔިތުންނަށް، ތަރައްގީއަށް މުހިންމު ގިނަ މަސައްކަތްތަކެއް ފެށިއްޖެ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމަކީ ރައްޔިތުންނަށް ވައުދުވެ، ކޮށްދޭން ނިންމާފައި ހުރި ކަންކަން ކަމަަށް ރައީސް ވިދާޅުވިއެވެ. އަދި ސޮއި ކުރެވިގެން ދިޔަ މަސައްކަތްތަކަކީވެސް އެ ވައުދުތައް ފުއްދެވުމުގެ ގޮތުން ހަވާލު ކުރެވުނު މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވިިއެވެ.

“އިރާދަކުރެއްވިއްޔާ މީގެ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުކަމާއި އެކީގައި ނިންމައި ދޭނަން، ވަރަށް މުހިންމު އިސްކަމެއް ދެވިގެން މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ، މީގެ އިތުރަށްވެސް މުހިންމު ކަންކަން ރަށުގެ ތަަރައްގީއަށް އެބަހުރި، ވައުުދުތަކުގެ ތެރޭގައި މިހާތަނަށް ނުފެށި ހުރި ބައެއް ކަންކަންވެސް އެބަހުރި،” ރައީސް

ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ކާށިދޫގައި އަލަށް ފަށާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަނދަރު ހެދިގެން ދާނެ ކަމަށެވެ. އަދި އަންނަ އަހަރު ބަނދަރު ހެެދިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށްވެސް ރަށުގެ ތަރައްގީއަށް މުުހިންމު ކަންކަން އެބަ ހުރި ކަަމަށް ރަައީސް ވިދާޅުވިއެވެ. މިގޮތުން ދަނޑުވެރިކަން ކުރިއެރުވުމަށް އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައި، ސޮއިކުރި އެއްބަސްވުން ވެގެން ދާނީ އާމްދަނީ އިތުރު ކުރުމާއި، ރަށުގެ ރައްޔިތުންނާއި، ރާއްޖޭގެ ފުޑް ސެކިއުރިޓީ ޕޮލިސީއަށް ވަރަށް ބޮޑު އެހީއެއް ދޭނެ މަޝްރޫއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

“ބިން ބޮޑު، ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ފައްކާވެފައި ހުރި ރަށްރަށުގެ ބޭނުން ހިފައިގެން، ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަށް އެކި ކަހަލަ އިންސެކްޓިވް ދީ، އެކި އިންވެސްޓަރުން ގެނައުން ސަރުކާރުން މަސައްކަތް ކުރަނީ،”. ރައީސް

އެހެންކަމުން ކާށިދޫގެ ރައްޔިތުން މި ޕްރޮގްރާމްގައި ބައިވެރިވުން ވެގެން ދާނީ، ހަގީގަތުގައި ރަށުގެ ރައްޔިތުންނާއި ރާއްޖޭގެ އިކޮޮނޮމީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަށް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ސަރުކާރުގެ 2 އަހަރުގެ އަދާހަމަ ހިއްސާކުރުމަށް ޚާއްސަ ބައްދަލުވުމެއް

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ

TTH_advertisement