ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްފުށީގައި ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި

ކ. ކާށިދޫގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖްމަނޓް ކޯޕަރޭޝަން ލިމިޓެޑްއާއިއެވެ.

އެރަށުގެ ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު މީހުން ދިރިއުޅޭ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ދިއްފުށީގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ކުނި މެނޭޖްކުރާ ހާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް، ދާއިރާގެ މެމްބަރ އަދި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ރަށުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ރާއްޖޭގެ ރަށްތަކުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ނައްތާލާ، ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެކެވެ. އެގޮތުން މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކޮށްދީ، ވަޞީލަތްތައް ހަމަކޮށްދިނުމުގެ މަޝްރޫޢުތައް އެކި ސަރަޙައްދުތަކުގައި މިވަގުތުވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް