ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަމަހުން ފެށިގެން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ: ރައީސް

އަންނަ މަހުން ފެށިގެން ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ. ކުރެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ސިވިލް ސާވިސްގެ މުވައްޒަފުން ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެ މުސާރަވެސް ބޮޑުވާން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންނަކީވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.

“އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރު އެކަކުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސާވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް ހަތަރަކުން ތިނަކަށް ނޫން. ހަތަރަކުން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން. އެހެންވީމަ ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހައި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނީ އެގޮތުން. އެއީ ނޮވެމްބަރު މަހުގެ މުސާރަ. މާނައަކީ ނޮވެމްބަރު މަހުގެ މުސާރަ މަސް ނިމޭއިރު ލިބޭއިރުގައި ލިބޭނީ އެގޮތަށޭ،” ރައީސް

އެ މަނިކުފާނު ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާކީހުރި ދައުލަތުގެ މުވައްސަސާތައް އަންނަ އަހަރު ޕޭ ހާމަނައިޒް ކުރެވޭނެ ކަމަށެވެ.

ޕޭ ހާމަނައިޒް ކުރުން ވަކި ތަރުތީބަކުން ސަރުކާރުން ކުރިއަށްގެންދަނީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް ދިނުމުގެ މަގުސަދުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި