ކުއްލި ޚަބަރު

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

އޮޅުވެލިފުށީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރަނީ

ޅ. އޮޅުވެލިފުށީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާއިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅު މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އޮޅުވެލިފުށީގައި ޤާއިމްކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕީގެ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއެވެ.

2000 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ކީރިތި ޤުރާއާނާއިބެހޭ މަރުކަޒު އުފެދުނީއްސުރެ، ޤުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ތަފާތު މަސައްކަތް އަންނަނީ ކުރަމުންނެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

TTH_advertisement