ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލެ ހެޖުތެރެއިން ނަގާ ބިޔަ ގަސްތައް ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަނީ

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

“ހިތްފަސޭހަ ހުޅުމާލެ” ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން އިއްޔެ ވަނީ ފަށާފައެވެ.

އެޗްޑީސީން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، ހެޖުތެރޭގައި އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައި ވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފެހިކުރުމަށް މި ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖުތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ‘ހިތްފަސޭހަ ހުޅުމާލެ’ ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ ފަޅުތެރޭން ބިންހިއްކާތީ، އުޅަނދުތައް އެޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައިފި

Mal

ހުޅުމާލޭގައި ވަކި ސިޓީ ކައުންސިލެއް ހަދަން ޝަމްހީދު ގޮވާލައްވައިފި

Dd

ހުޅުމާލެ ފޭސް3 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިމޭޒު ނަގަން ފަށައިފި

TTH_advertisement