ކުއްލި ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ވަޑައިގެންފި

ޤައުމަށް ގެނެވޭ އިސްލާހީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިން: މެޑަމް ސާޖިދާ

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ވެނެޒުއެލާއާއި އެމެރިކާ ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވަނީ

އެމެރިކާގެ ކަނޑުމަތީގެ ލަޝްކަރެއް:

ހަނގުރާމައިގެ އެންމެ ވަރުގަދަ އަދި އެންމެ ބިޔަ ލަޝްކަރު ވެނެޒުއެލާ ކައިރިން ކެރީބިއަން ކަނޑަށް ޖަމާވުމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އަމުރު ކުރުމާއެކު، ވެނެޒުއެލާއިންވެސް ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން، މިސައިލުން ދިފާއުވާ ސިސްޓަމްތައް، އެމެރިކާ ސިފައިން ޖަމާވަމުންދާ ފަޅީގައި  ގާއިމްކޮށް އަދި ހަނގުރާމަމަތީ ޖެޓުތައްވެސް ރުކުރުވާލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެނެޒުއެލާ ސިފައިން ހަނގުރާމައަށް ވަމުންދާ ތައްޔާރީތައް ފެންނަ ބައެއް ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރަނީ ވެނެޒުއެލާއިން ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، ކެރީބިއަން ކަނޑުން ދަތުރުކުރާ ވެނެޒުއެލާގެ ބޯޓުފަހަރަށް އެމެރިކާ ސިފައިން ހަމަލާ ދެމުންގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެގޮތުން، މިހާތަނަށް އެތައް ބޯޓަކަށް ހަމަލާދީ މީހުންނާއެކު ފައްތާލާފައި ވެއެވެ. މަހަށް ނުކުމު އުޅޭ ޑިންގީއެއް ފެނުނަސް ހަމަލާދީ ފައްތާލައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެ ބުނީ، ވެނެޒުއެލާއިން ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ފާޑަކަށް ހުއްޓުވިއްޖެ ކަމަށާއި، ދެން އޮތީ އެއްގަމުމަގުން އަންނަ މަސްތުވާތަކެތި ހުއްޓުވުން ކަމަށެވެ. ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

މީގެ މާނައަކީ ވެނެޒުއެލާއަށް ވައިގެ ހަމަލާދީ އަދި އެއްގަމުމަގުންވެސް އެމެރިކާ ސިފައިން އެގައުމަށް އަރައިގަތުމަށް ތައްޔާރުވާން ފެށުމެވެ.

ޓްރަމްޕް ބުނީ، އެމެރިކާގެ ކޮންގްރެސްއަކަށްވެސް އޭނާ ނުހުއްޓުވޭނޭ ކަމަށެވެ.

ޓްރަމްޕްގެ އަމުރަށް، އެމެރިކާގެ ހަނގުރާމަމަތީ އެންމެ ބިޔަ މަނަވަރުވެސް މިހާރުވަނީ ކެރީބިއަން ކަނޑަށް މިސްރާބު ޖަހާފައެވެ. މި މަނަވަރު ހިމެނޭ ލަޝްކަރަކީ އެއަރ ވިންގަކާއެކު އޮންނަ އެމެރިކާގެ ހަނގުރާމައިގެ އެންމެ ބިޔަ ލަޝްކަރެވެ.

ތަޖުރިބާކާރުން ބުނަނީ، ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިންވެސް ވެނެޒުއެލާއަކީ މަސްތުވާތަކެތީގެ މައްސަލަ އެންމެ މަދު އެއް ގައުމު ކަމަށެވެ. އެގައުމުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް އެމެރިކާގެ ރައީސް ދައްކާ ވާހަކަތައް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ ވިދާޅުވީ، ވެނެޒުއެލާއަކީ ނިއުކްލިއަރ ހަތިޔާރު ހުރި އަދި މިސައިލް ހުރި ގައުމެއް ކަމަށްބުނެ ވެނެޒުއެލާއަށް ހަމަލާދެވެން ނެތިގެން މަސްތުވާތަކެއްޗާ މަތިކޮށްގެން ހަމަލާދޭން އުޅެނީ ކަމަށެވެ.

އެމެރިކާއިން ތުހުމަތުކުރާ މަސްތުވާތަކެތީގެ ބާވަތްތައް ގިނައިން އުފައްދާ ގައުމުތަކުގެ ތެރޭގައިވެސް ވެނެޒުއެލާ ނުހިމެނެއެވެ. އަދި އެމެރިކާއިން ލިސްޓްކުރި ބައެއް ބާވަތްތައް ވެނެޒުއެލާގައިވެސް ނުހުރެއެވެ.

ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދޭން އުޅެނީ، މަސްތުތާތަކެތީގެ މައްސަލައިގައެއް ނޫނެވެ. އެމެރިކާއިން ބޭނުން ވެގެން އުޅެނީ ވެނެޒުއެލާގެ ތެލެވެ.

ވެނެޒުއެލާއަކީ ދުނިޔޭގެ ތެލުގެ އެންމެބޮޑު ރިޒާވް ހުރި ގައުމެވެ.

ޓްރަމްޕް އެގައުމަށް ހަމަލާދޭން އުޅެނީ، ވެނެޒުއެލާގެ ވެރިކަމުން ނިކޮލަސް މަދޫރޯ ދުރުކޮށް، އެގައުމުގެ ތެލުގެ މައްޗަށް އަތްގަދަ ކުރަންވެގެން ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ.

ސިޔާސީ އެތައް ހަމަނުޖެހުންތަކެއް އޮންނަ ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު އަސްކަރީން އިންގިލާބު ކޮށްލަފާނެ ކަމަށް ކުރިން ހީކުރެވިފައި އޮތްނަމަވެސް، ޓްރަމްޕްގެ ސަބަބުން ސިފައިންވެސް ރައީސްގެ ފަހަތަށް އަރައި، ގައުމު ދިފާއުކުރުމަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންދާ ދިއުމާހެދި އިންގިލާބުގެ ވާހަކަ މިހާރު ހުއްޓިއްޖެ ކަމަށް، ވެނެޒުއެލާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

އިދިކޮޅު މަދު ބަޔަކު އެމެރިކާއަށް ވިކިފައި ތިބި ނަމަވެސް، އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވެނެޒުއެލާގެ ހުރިހާ ރައްޔިތުންވެސް މިހާރު ތައްޔާރުވެފައިވާ ކަމަށް ޚަބަރުތައް  ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އާދަމް
ޓެރަރިސްޓް ޒަޔަނިސްޓް ޓްރަންޕަކީ ވަރަށް ދޮގުވެރި، ކެހިވެރި، މަކަރުވެރިއެއް. ބަހާއި ޢަމަލާ ދިމާނުވާ މުނާފިޤެއްވެސް މެ. އޭނާގެ ބަސްކޮށާރުގައި ވެސް ހިމެނެނީ ހައެއްކަ ލަފުޒު. ސުލްޙަ ޤާއިމްކުރުމުގެ ނަމުގައި ބިން ފަސާދަކޮށް، ޤަތުލުޢާންމު ހިންގައި ޒަޔަނިސްޓް އިޒްެރޭލަށް ވާގިވެރިވާ އެންމެ ބޮޑު ޓެރަރިސްޓަކީ ވެސް މިއީ.

ގުޅުންހުރި

ހަނގުރާމައިން ބަލިވެ ޒަޔަނިސްޓުން އެނބުރި ދިޔައީ ނަގޫފިތި، ހުސްއަތާ: ޚާމަނާއީ

އިސް ކޮމާންޑަރުގެ ޖަނާޒާ ބާއްވައިފި، ހިޒްބުﷲއިން ދީފާނެ ރައްދު ހަމަލާއަކަށް އިސްރާއީލު ތައްޔާރުވެއްޖެ

މަމްދާނީ އަށް އަހަރެން އެއްބާރުލުން ދޭނަން: ޓްރަމްޕް

ޣައްޒާގެ ވެރިކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމާ ދެކޮޅު: ޣައްޒާގެ ޖަމާއަތްތައް

TTH_advertisement