ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތަށް ބަޔަކު ހައްޔަރު ކޮށްފި

ގއ. ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުން ޚިދުމަތުން ރޭ ބުނީ ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިނގި އޮޕަރޭޝަނެެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އެ މީހުން ހައްޔަރުކުރީ އެ މީހުން އެ ރަށަށް އައި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކަމަށް ވެސް ބުންޏެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕަކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށާ އަދި އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުއްޓެވެ.

އެ މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން ތިން މީހަކު ހަތް ދުވަހަށް އަދި އަނެއް މީހާ 12 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮފީސް ޓޭބްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި

767

ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Oo

އަބްރާރު ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި