ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒާޔާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

Mal

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޒާޔާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މާދަމާގެ ހެނދުނު 11:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ސީސީޓީވީ ފުޓޭޖް ކޮމްޕެރިސަން ސާމްޕަލް ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށާއި އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް އެ ޗިޓްގައިވެ އެވެ.

ޒާޔާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ފުލުހުންގެ ގަޔަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކޮށްގެން ޖަހާނެ ކަމަށް ބުނެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ވެސް މީގެކުރިން ފުލުހުން ވަނީ ޒާޔާގެ ފޯނު ހިފަހައްޓާފަ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭނާގެ ފޯނު މިހާރު ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ