ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަމަށް ފަނޑިޔާރުން ހެކިވާނެ: ރައީސް

ސަރުކާރުން ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އެ ދާއިރާގެ މުވައްޒަފުން ހެކިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ކަންކަން ކުރައްވަނީ ވަށާޖެހޭ ވިސްނުމުގެ ތެރެއިން ކަމަށެވެ.

ގައުމަށް ހަމަޖެހުން ގެނައުމަށާއި، ބަދަލުހިފުމުގެ ރޫހު ގައުމުން ނައްތާލުމަށާއި، ސިޔާސީ ހައްޔަރު ކުރުންތަކެއް ނުހިނގާނެކަމާއި، ޖުޑީޝަރީ ދާއިރާގެ ތެރެއަށް އަތް ބޭނުން ފަދަ ކުރިން ހިނގާފައިވާ ކަންކަން މި ސަރުކާރުގައި ނުހިނގާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އެހެންވީމާ އެގޮތުގައި އަޅުގަނޑުމެން ކުރިއަށްގެންދާނީ. އެކަން މިހާރު ޖުޑިޝަރީ ދާއިރާގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް، ޖުޑިޝަރީ ދާއިރާގެ ހުރިހާ ފަރާތްތައް ހެކިވާނެ. ހަގީގަތަކީ މި ސަރުކާރަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާނެ،”

ރައީސް ވިދާޅުވީ ޖުޑީޝަރީ ދާއިރާއިން އަދުލު އިންސާފު ގާއިމުކޮށްދިނުމުން ގައުމުގައި ހަމަޖެހުން އޮންނާނެ ކަމަށާއި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަކީ ހުރިހާ މުއައްސަސާތަކެއްގެ ޒިންމާއެއް ކަމަށެވެ.

“އެ ބޭފުޅުން ކުރައްވަންވީ ކަމަކީ އަދުލުއިންސާފު ގާއިމުކޮށްދިނުން. ވަކި މީހަކަށް ނުބަލައި، ވަކި މީހެއްގެ ނުފޫޒުގައި ނުޖެހި އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކީގައި ހަލުވިކަމާއެކީގައި ގެންގޮސް، އެބޭފުޅުންނާ ހަވާލުކޮށްފައިވާ ކަންކަން ކޮށްދޭން، އެބޭފުޅުންގެ ޒިންމާތައް އަދާކުރަން. އޭރުން ގައުމަށް ހަމަޖެހުން އަންނާނެ،”

ޖުޑިޝަރީ ދާއިރާއަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެމުންދާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި