ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިސާ ޗާޕުނުކޮށް ވައުދުތައް ފުއްދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

ފައިސާ ޗާޕުނުކޮށް ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވަނީ އެ ވަޢުދުތައް ފުއްދޭނެކަމުގެ ޔަޤީންކަމާއެކުގައިކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތްކުރައްވާ އެންމެންވެސް މަސައްކަތްކުރަނީ އެ ޢަޒުމުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރާއި، ސަރުކާރާ ގުޅިފައިވާ ހުރިހާ މުއްސަސާތަކާއި މަޖިލީހުގެ އިތުރުން އެހެނިހެން މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރަމުން ގެންދަނީ ވަރުގަދަ ރޫޙެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެެއްގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އިޤްތިޞާދުވެސް ރަނގަޅުކުރުވަމުން އަންނަކަމަށެވެ. ދައްކަން ޖެހޭ އެތައް ހާސް މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތްކަމަށާއި މިހާރުވެސް 2000 މިލިޔަން ރުފިޔާގެ ބިލުތައް އޮތްކަމަށެވެ. އަދި މިހާތަނަށް އައިރުވެސް އެތައް ބިލުތަކަށް ފައިސާ ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިހާރު ނުދައްކާ ހުރި ފައިސާ ދައްކާނެކަން ތަކުރާރުކުރައްވާފައެވެ. މިގޮތުން މިހާރު ބިލުތަކައް ފައިސާ ދެއްކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުވީ އެއްވެސް ވަޢުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާ ގަވައިދުގެ ތެރެއިން ވީ ވަޢުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން. އެހެންކަމުން މިފައިސާ ކުރިއަށް އޮތް ހަފްތާ 2 ހަފްތާގެ ތެރޭގައި އަދާކޮށްދޭނަން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދަވަނީ ފައިސާ ޗާޕުނުކޮށްކަން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ސިޔާސީ ހައްޔަރުކުރުންތަކާއި ބަދަލުހިފުމުގެ ރޫޙާއި ޖުޑީޝަރީ ދާއިރާއަށްވެސް ނުފޫޒު ނުފޯރުވާނެކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ޖުޑީޝަރީ ދާއިރާގައި ތިއްބެވި ބޭފުޅުން ހެކިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ޖުޑީޝަރީ ދާއިރާގައިކުރާ އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށާއި އަދުލުވެރިކަމާއެކު ކަންކަން ކުރުމަށް ރައީސް އެދިވަޑައިގަތެވެ. ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަކީ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއްކަމަށާއި އެކަން ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި