ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އޮންނާނެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނަން: ރައީސް

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓް ހަދާނެ ރަށް ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާވަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވައި ވިދާޅުވީ، އެއާޕޯޓް ހަދާނީ އިގްތިސޯދީ ގޮތުންނާއި ފަތުރުވެރިކަމަށް އެކަށޭނެ ހިސާބެއްގައި ކަމަށެވެ.

“ދެން އަންނަން ޖެހޭ އެއާޕޯޓް އަންނަން ޖެހޭނީ ދުރު ރާސްތާއަށް ވެސް ވިސްނާއިރު، އިގްތިސޯދީ ގޮތުންވެސް ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށް. ޓޫރިޒަމްގެ ކުރިއެރުމަށް ބަލާއިރުގައިވެސް އެންމެ ރަނގަޅު ގޮތުގައި، ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރެވެން އޮތް ހިސާބެއްގައި އޮތް ރަށެއްގެ ކައިރީގައި އެއާޕޯޓް އަޅަން ޖެހޭނީ. އަދި ޖިއޮގްރަފިކަލީ ބަލާއިރުގައިވެސް އެއާޕޯޓެއް އޮންނަން ޖެހޭނެ ރަށެއްގައި އެއާޕޯޓް އަޅަން ޖެހޭނީ.” ރައީސް

“އަޅުގަނޑުގެ ވިސްނުން ހުރިގޮތް މިއީ. މި އަތޮޅުގައި ދެވަނަ އެއާޕޯޓް އެޅެން ޖެހޭނެ. އެއީ ޓޫރިޒަމް ކުރިއެރުމާއި، ދަތުރުފަތުރުކުރުމާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު، ނޫނީވިއްޔާ އެ މުސްތަގުބަލް އޮތް ހިސާބެއްގައި.”

ރައީސް ވިދާޅުވީ މާވަށުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމި 11 މަޝްރޫއުގެ މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށް ގެންގޮސް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް