ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

މާލީ މައުލޫމާތު ހިއްސާކުރުމާއި ދިރާސާތައް ކުރަން އެމްއެންޔޫ އާއި އެމްއެމްއޭ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Mnu mma 1024x683

މާލީ މަޢުލޫމާތު ހިއްސާކުރުމާއި ދިރާސާތައް ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްއެމްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ގަވަރނަރ އަޙްމަދު މުނައްވަރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ދަށުން، އެމްއެންޔޫގެ ދަރިވަރުންނަށް އެމްއެމްއޭގައި އިންޓަރންޝިޕްގެ ފުރުޞަތުތައް ލިބިގެންދާނެއެވެ. މީގެއިތުރުން، މާލީ ދާއިރާއާ ގުޅޭ ދިރާސާތައް ކުރުމާއި ޕްރޮފެޝަނަލް ތަރައްޤީގެ ދާއިރާތަކުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ “އެމްއެމްއޭ ފަދަ މުއައްސަސާތަކާއެކު އެއްބާރުލުން ބޭނުންވާ” ކަމަށެވެ. އަދި މިއީ “މާލީ އަދި ފައިސާގެ ސިޔާސަތުތައް ރަނގަޅު ގޮތުގައި އެކުލަވާލުމަށް މަސައްކަތްކުރުމުގައި ފެކަލްޓީތަކާއި ދަރިވަރުންނަށް ލިބިގެންދާ މުހިންމު ފުރުޞަތެއް” ކަމުގައި ފާހަގަކުރެއްވިއެވެ.

ގަވަރނަރ އަޙްމަދު މުނައްވަރު ވިދާޅުވެފައިވަނީ، މުހިންމު ސިޔާސަތުތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ފުންކޮށް ދިރާސާކުރުމާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމުމަށްޓަކައި، އެކަޑެމިކް ދާއިރާއާއެކު ގާތުން މަސައްކަތްކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

މި އެއްބަސްވުމަކީ އެކަޑެމިކް ދާއިރާއިން އުނގެނޭ ކަންކަމާއި ޢަމަލީ މައިދާނުގައި ބޭނުންކުރެވޭ ކަންކަމާ ދެމެދު ހުރި ގުޅުން ބަދަހިކޮށް، ސިޔާސަތުތަކާއި ޢަމަލީ މައިދާނުގައި ކުރެވޭ ކަންކަން ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފި

MMA

ދައުލަތުގެ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެވެޖެ

Dd

އެމްއެމްއޭގެ ރިސާޗް ގްރާންޓަށް ފުރުސަތު ހުޅުވާލައިފި

finance

ސަރުކާރުގެ ބޮންޑަކަށް އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް: ފިނޭންސް

TTH_advertisement