ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ފީތަކާއި ޖޫރިމަނާތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލުކޮށްދެނީ

immigration

ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެއްބަސްވާ ނަމަ، ވޯކް ޕާމިޓްތައް ބާތިލުކޮށްދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

“13 އޮކްޓޯބަރު 2025 ވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓްއާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވޯކް ޕާމިޓްތައް ބާތިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ..،” މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

އެގޮތުގެ މަތިން ބާތިލުކުރެވޭ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީސްކުރެވޭނީ، އެ ޕާމިޓަކާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، ޑިޕާޓްމަންޓް އޮފް ފޮރިން ލޭބާގެ ހެލްޕް ސެންޓަރުގެ ނަންބަރު 1485 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެދޭ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބިދޭސީންގެ ފީތަކާއި ޖޫރިމަނާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން އެބަހުއްޓެވެ. ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވާ މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީންގެ ފީ އާއި ޖޫރިމަނާ ނުދައްކާ މައްސަލައިގައި، އެ ފައިސާ ދައްކާފައިނުވާ ކުންފުނިތަކުގެ ނަންތައް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ގަވާއިދާ ހިލާފަށް އުޅުނު ފަސް ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި

bideyseen

ގަވާއިދާ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއަކު ފުރުވާލަނީ

112

މިއަދު އެކަނިވެސް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

immigration

މިހާތަނަށް 178،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

TTH_advertisement