ކުއްލި ޚަބަރު

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

1234

ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާތީ ކަސްޓަމްސްއިން ހިފަހައްޓައި، އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ގެއްލިފައި ވަނީ މިދިޔަ އޭޕްރީލް ފަހުކޮޅުގައި ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާ އެވެ.

ކަސްޓަމްސް އިން ބުނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ޑިއުޓީއަށް 122 މިލިއަން އަރާނެއެވެ.

“މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން އިން ދަނީ ތަހުގީގު ކުރަމުން،” އެމްޕީއެލް އިން ބުންޏެވެ.

ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް އެމްޕީއެލް އިން ހާމައެއް ނުކުރެއެވެ.

އެ ކުންފުނިން ބުނީ އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓުތަކުން އެތެރޭގެ ތަހުގީގެއް ވެސް ކުރިއަށްގެންދާ ކަމަށެވެ.

“މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެމްޕީއެލްއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ވާހަކަ ދަންނަވަމެވެ،” އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muthalib

ސިޔާސަތަކީ ހުރިހާ ގިންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން: މުއްޠަލިބް

raees muiz

ޓްރޭޑްނެޓް މޯލްޑިވްސްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް އަށް ބަދަލުކުރައްވައިފި

raeees muiz

ފަލަސްތީން މިނިވަން ނުވަނީސް ޒިންމާ އަދާކުރެވުނު ކަމަށް ނުބެލެވޭ: ރައީސް

kulli khabaru

ފިލިޕިންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

TTH_advertisement