ކުއްލި ޚަބަރު

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

 ބީއެމްއެލް އިން ހިޔާވެހި ސްކީމްގެ ހައުސިންގ ޕްރޮޖެކްޓްތަކަށް ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

 ބީއެމްއެލް އިން ހިޔާވެހި ސްކީމްގެ ހައުސިންގ ޕްރޮޖެކްޓްތަކަށް ފައިނޭންސިންގ އެޕްރޫވްކުރަން ފަށައިފި

Whatsapp image 2025 10 09 at 17.14.08 (1)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިންނޭންސިންގ ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިންގ ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ %5 ގެ ރޭޓުގައިފައިނޭންސިންގ ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން:

  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
  • އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
  • އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ

ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.

“ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް.”

ބޭންކުން މިހާރުވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންނެވެ. ފައިނޭންސިންގ އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން https://gedhoruverin.gov.mv/ މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ބަދަލުގެ ގޮތުގައި މިދިޔަ ސަރުކާރުން އެއްވެސް ފައިސާއެއް ނުލިބޭ: ސައުދުﷲ

1234

ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ގެއްލުނު މައްސަލަ ތަހުގީގު ކުރަނީ

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

Mal

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

TTH_advertisement