އދ. ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ރަށްތަަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެރަށްވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.
އެ ރަސްްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އާއި ކުނބުރުދޫ ކައުންސިލުުގެ މެންބަރުންނާއި އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 8.17 މިލިޔަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ކުނބުރުދޫ ސިއްހީ މަރުކަޒުގެ އިތުރު ކުރާ އިމާރާތާއެކު ގަރާޖަކާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު