ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

10 މަސްތެރޭ މަހިބަދޫ ބިން ހިއްކާ ހަވާލުކުރައްވާނެ: ރައީސް

އދ. މަހިބަދޫގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ހިމެނޭ، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވައި، މިއަދުން ފެށިގެން އެންމެ ލަސްވެގެން 10 މަސްދުވަހުގެ ތެރޭގައި، 67 ހެކްޓަރުގެ ބިން ހިއްކަވައި ރަށުގެ ރައްޔިތުންނާ ހަވާލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، އދ. މަހިބަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން މި މަޝްރޫޢަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރައްވާ އަރބަން ސެންޓަރތަކުގެ ތެރޭގައި އދ. މަހިބަދޫ ހިމެނޭތީ، އެކަމަށް މަގުފަހިކުރެއްވުމުގެ ގޮތުން، އދ. މަހިބަދޫގެ ތަރައްޤީގެ ދުވެލި އެތައް ގުނައެއް އަވަސްކުރެއްވުމަށާ، ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމުވެފައިވާ ބޯހިޔާވަހިކަމަށް މަގުފަހިވެގެންދާނެ މަޝްރޫޢެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފެށިފައިވާއިރު، ހުއްޓުމެއްނެތި ބާރު ދުވެލީގައި މިކަން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢެއްކަން އެމަނިކުފާނު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް މިހާރުން މިހާރަށްވެސް ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 150 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގެ ޔަޤީންކަން، މަހިބަދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޞިއްޙީ ދާއިރާއިންވެސް 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރު ފައްޓަވައިދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ކިޔަވާނީ އޭސީ ކުލާސްތަކުގައި: ރަައީސް

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ޤާއިމު ކުރައްވާ ރިޔާސީ ވައުދުފުޅު ފުއްދަވައިފި

Whatsapp image 2025 10 07 at 20.50.31

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

Badhuru

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

TTH_advertisement