މުހިންމު މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިކަން އިއުލާނު ކޮށްފައިވަނީ ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީ މަގު، އަބަދަށްފެހި މަގު އަދި މިއަލަނި ގޯޅި ހިމެނޭ ސަރަޙައްދުން 06 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ (މިއަދު) 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، މަޖީދީ މަގު، އަބަދަށްފެހި މަގު އަދި މިއަލަނި ގޯޅި ހިމެނޭ ސަރަޙައްދުން 06 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ (މާދަމާ) މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ… pic.twitter.com/ZPiteQo3Ng
— STELCO (@STELCOMALDIVES) October 5, 2025
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު