ކުއްލި ޚަބަރު

ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް މާލެ ވަޑައިގެންފި

ގައުމުގައި ނަމޫނާ ދައްކާފައި ތިއްބެވި ލީޑަރުންގެ ފަހަތުގައި ތިބެންޖެހޭ: ނައިބު ރައީސް

ޤައުމީ ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދޭ އިނާމުތައް ކަނޑައަޅައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑު ފައިސާގެ އިނާމެއް ދޭން ނިންމައިފިއެވެ.

އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތުން ޙާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް އަންނަ ބައިވެރިއަކަށް ހަތްދިހަ ފަސްހާސް ރުފިޔާ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު ކޮންމެ ގޮތްޕަކުން ވަނައަށް އަންނަ ބައިވެރިއަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން ތިން ވަނައަށް އަންނަ ބައިވެރިއަކަށް ތިރީސް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވެއެވެ.

ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތަކެވެ. ވުޒާރާގެ އިނާމުތަކަކީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ އިނާމުތަކުގެ އިތުރަށް ދެވޭ އިނާމްތަކެވެ. މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް ޢުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި މުޅި މުބާރާތުން ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވެއެވެ.

ކީރިތ ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

hajj umra

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި

TTH_advertisement