ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ: ޗައިނާ ސަފީރު

china safeer

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމުގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.

ޗއިނާގެ މިނިވަންދުވަސް ފާހަގަކުރުމަށް ނަސަންދުރާ ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ދެ ގައުުމުގެ އިދާރާތަކުގެ މެދުގައި ވާހަކަދެކެވި މަޝްވަަރާތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސަފީރު ވިދާޅުވީ ޗައިނާއަށް ރާއްޖެއިން ދައްކަންޖެހޭ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

އިތުރަށް އޭނާ ފާހަގަކުރެއްވީ ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އެހީތެރިވާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މުހިއްމު ތިން މަަޝްރޫއެއް ޗައިނާގެ އެހީގައި ކުރިއަށްދާނެ ކަމަށެވެ. އެއީ ވިލިމާލޭގައި ތަރައްގީކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، 50 ރަށެއްގެ ކައުންސިލު އިދާރާ ބިނާކުރުމުގެ މަޝްރޫއެވެ.

އަދި ރައީސް ޑރ.މުއިއްޒު ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާގެ މެދުގައި 11 އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަމާއި، ބޭންކް އޮފް މޯލްޑިވްސްގައި ޗައިނީޒް ޔުއާން އެކައުންޓު މިހާރު ތައާރަފުކުރެވިފައިވާކަން ފާހަގަކުރައްވަމުން ސަަފީރު ވިދާޅުވީ އެކަންކަމަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަމުގެ މައްޗަށް ދަލީލުކުރާ ހެކިތައް ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ދެމިއޮންނާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމުކުރުން މަތީ، ރާއްޖެއިން އެދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އަޒުމުގައި ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސްވަނީ ޗައިނާއަށް ދައްކަންޖެހިފައިވާ ލޯނުތަކާއި އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެންދާނެކަން އިއުލާނުކުރައްވާފައެވެ. ސަރުކާރުން އަންނަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ ބުރައިން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗައިނާއިން ރާއްޖޭގެ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާއިރު، ރާއްޖޭގެ ބޭރުގެ ދަރަނީގެ 20 އިންސައްތައާ ގާތްކުރާ މިންވަރެއް ހިއްސާކުރަނީ ޗައިނާއިން ނަގާފައިވާ ދަރަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

TTH_advertisement