ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ނަފްސާނީ ދުޅަހެޔޮ ކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްލިސް މޯލްޑިވްސްއާ ގުޅިގެންނެވެ. މި ވޯކްޝޮޕްގައި ސްޓެލްކޯގެ 25 މުވައްޒަފުން ބައިވެރިވިއެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަމާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އޭގެ ސަބަބުން އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާ ގޮތާއި މެދު ހޭލުންތެރިކޮށް ސްޓްރެސް މެނޭޖްކުރުމަށް ބޭނުންކުރެވިދާނެ އެކި އިސްތިރާޖުތައް ވޯކްޝޮޕްގެ ބައިވެރިނަށް ދަސްކޮށްދީފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު