ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި

ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އާއި ދިއްދޫ އަންހެނުން ކޮމިޓީގެ މެންބަރުންނާއި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ދިއްދޫއަށް ދެ ކްލަބް ޖަމިއްޔާއަކުން ވަނީ މެޗެއްވެސް ކުޅިފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، މި ކޯޓަކީ ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކައުންސިލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ވޮލީކޯޓެއް ކަމަށެވެ. އަދި ވޮލީ ކުޅުމަށް ޝައުޤުވެރިކަން ފާޅުކުރާ ރައްޔިތުންތަކެއް ނިސްބަތްވާ އެ ރަށަށް، މި ވޮލީކޯޓުގެ ސަބަބުން އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

“ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކައުންސިލްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ހެދިފައިވާ ވޮލީކޯޓް މިއަދު ވަނީ ހުޅުވާލެވިފައި. މި ކޯޓުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލްކުރެވޭ.” ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު

މީގެ އިތުރުން މި މަސައްކަތް ކުރިއަށްގެންދިއުމުގައި އެމްޓީސީސީ އަދި އާރުޑީސީގެ އެހީތެރިކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

TTH_advertisement