ކުއްލި ޚަބަރު

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

ބިލެތްފަހި މަސްވެރިންނަށް ހުރި ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި

Ii

ށ. ބިލެތްފަހި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އެ ރަށު ކައުންސިލާ ފިޝަރީޒް މިނިސްޓްރީން ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއާއި ކައުންސިލްގެ ނައިބު ރައީސް އަލީ އަސްލަމް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ބިލެތްފަހި ކައުންސިލުން ރަށުގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރި ކަމަށެވެ. އަދި ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ބިލެތްފަހި ކައުންސިލުން އެދުނުގޮތަށް ވަދުކަނދުފަތި ގާއިމްކުރުން އަވަސްކުރުމާމެދުވެސް ވަނީ މަޝްވަރަކޮށްފައެވެ. މީގެ އިތުރުން ފަރުމަހުގެ މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮގުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

TTH_advertisement