ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ގުރުއާން ހިތުދަސްކޮށް ނިންމާ ހާފިޒުންނަށް ބުރުޒު ކޭޓަރިންއިން ހާއްސަ އިނާމެއް ދެނީ

ގުރުއާން ހިތުދަސްކޮށް އިމްތިހާނު ނިންމާ ހާފިޒުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ޑިނަރ ވައުޗަރ ދޭން ފަށައިފިއެވެ.

އިއްޔެން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވާއިރު މި ވައުޗަރގެ ދަށުން ހާފިޒާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ބުރުޒު ކޭޓަރިންގއިން ޙާފިޡުންނަށް 10% ޑިސްކައުންޓް ލިބޭ ވައުޗަރެއް ދޭން ފަށާފައިވާއިރު މި ވައުޗަރު 30 ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެއެވެ.

ބުރުޒު ކޭޓަރިންގގެ މި ނިންމެވުމާއެކު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކީރިތި ގުރުއާން ހިތުދަސް ހާފިޒުންގެ އަދަދު އިތުރުކުރުމާއި ހާފިޒުންގެ އަގުވަޒަން ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭކަމެކެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ހާފިޒުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Quran

އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ހިމަނަން ނިންމައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި “މަސްޖިދުލްއީމާން” އަންނަ ހަފްތާގައި ހުޅުވަނީ

އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ އަމާޒަކީ: ޑރ.ޝަހީމް

ޤައުމީ ޤުރުއާން މުބާރާތުގެ ރަން ވަނަތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދޭ އިނާމުތައް ކަނޑައަޅައިފި

TTH_advertisement