އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.
ދ. ރިބުނދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާއެވެ.
މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ވެސް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ދެ މިސްކިތްވެސް ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، އަވިން ހަކަތަ އުފައްދާ ނިޒާމު މެދުވެރިކޮށް ކަރަންޓު ދޭގޮތަށެވެ. އަދި މިސްކިތްތައް ތަރައްޤީކުރަނީ އޭސިވެސް ލައިގެންނެވެ. އަދި މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭ ބައިވެސް ހިމެނެއެވެ.
މިސްކިތްތަކުގައި ކްލާސްރޫމާ ލައިބްރަރީ ހިމެނުމަށް ސަރުކާރުން ނިންމަވާފަވަނީ، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް މަގުފަހިކުރުމަށެވެ. އެގޮތުން ޤުރުއާން ކްލާސްތައް ހިންގުމާއި ދީނީ ތަޢުލީމު ދިނުމާއި އަދި މިނޫންވެސް އިޖްތިމާޢީ ކަންކަން ކުރިއަށްގެންދެވޭގޮތަށެވެ. އެގޮތުން ފަހުގެ ޑިޒައިންތަކަށް ބިނާކުރާ މިސްކިތްތަކުގައި ކްލާސްރޫމާ ލައިބްރަރީ އަންނަނީ ހިމަނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު