ކުއްލި ޚަބަރު

މާލޭގައި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

މީހަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް

ބާޒާރުމަތީ ގުދަނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ”ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރު”ގައެވެ.

މިތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ މެންދަމުއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 01:00 ގައެވެ.

މިތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލާފައި ވަނީ ރޭ 02:39 ހާއިރުއެވެ.

މި ތަނަކީ ގޯޑައުންއެއްގެ ގޮތުގައި ބޭނުންކުރާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement